13 Dec 2023, 19:19
އަނެއްކާ ވެސް ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުުންގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރު ބޭފުޅުންތަކެއް މިއަދު އައްޔަނު ކުރައްވައިފިއެެވެ.
މިއަދު އެމަނިކުފާނު، ސްޓޭޓް މިނިސްޓަރުު ކަމުގެ މަގާމަށް އައްޔަނު ކުރައްވައިފަިއވަނީ އިތުރު 13 ބޭފުޅުންނެވެ.
އެ ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
އަލަށް އައްޔަންކުރެވުނު 13 ބޭފުޅުންނަކީ:
މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޯިން އެފެއާޒް - ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން - ޢާއިޝަތު ޞަފޫރާ، ސ. ފޭދޫ، އީރާނުގެ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތް - މުޙައްމަދު ޛަހީން، ހއ. ކެލާ، އުފަންވެލި.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓޫރިޒަމް - އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު، ގއ. ދެއްވަދޫ، ނާރެސް.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން، މ. ޕެޓީބާރޑް.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް ޢަޛުރާ އަޙްމަދު، މ. ހުކުރަދިގެ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަޙްމަދު ޢާޠިފް، އއ. ފެރިދޫ، ޝަބްނަމްގެ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޢާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޢަބްދުއްލަޠީފް އަޙްމަދު ، ދަފްތަރު. ނަންބަރު ރސ 2345.
- މިނިސްޓަރު އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މުޙައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110
އޭގެ ތެރެއިން ޞަފޫރާއަކީ 22 އަހަރު ސީއެޗްއެސްސީ އަށް ޚިދުމަތްކޮށް، އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި ބޭފުޅެކެވެ. އެއާއެކު އެޑިއުކޭޝަން މިނިސްޓްރީގައި އޭނާއާ އެކު މިހާރު މުޅި ޖުމްލަ ތިބީ ދެ ސްޓޭޓް މިނިސްޓަރުުންނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެން އަންނަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އެ މަނިކުފާނު ވަނީ 21 ބޭފުޅުން ވަޒީރު ފެންވަރުގައި މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އަދި، 70 އަށްވުރެ ގިނަ ނައިބު ވަޒީރުން ވެސް އައްޔަންކުރައްވައިފައެވެ.