12 Dec 2023, 23:58
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އޯލަންޑޯ މެޖިކް އަތުން ކްލީވްލަންޑް ކެވެލިއާސް ބަލިވެއްޖެއެވެ.
މިމެޗް މެޖިކް ކާމިޔާބު ކޮށްފައިވަނީ 104 ޕޮއިންޓް 94 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އެ މެޗްގައި މެޖިކްގެ ޕޯލޯ ބަންޗޭރޯވަނީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓްކުރިއެވެ. އަދި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޑާރިއަސް ގާލަންޑްއެވެ. މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް އޯވާ ޓައިމް ކުޅެ 133 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.
މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 32 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ 11 އެސިސްޓް ދިން ޑިމާ ޑިރޯޒަންއެވެ. މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗް 146 ޕޮއިންޓް 101 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސެވަންޓީ ސިކްސާސްއެވެ. މިމެޗްގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 34 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ކައިލް ކުޒްމާއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އިންޑިއާނާ ޕޭސާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 123 ޕޮއިންޓުން ޕޭސާސް ކާމިޔާބު ކުރިއިރު މައޭމީ ހީޓް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބު ކުރީ ހީޓްއެވެ. ނިއުޔޯކް ނިކްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރިމެޗް 136 ޕޮއިންޓް 130 ޕޮއިންޓުން ނިކްސް ކާމިޔާބު ކުރިއިރު ޑެންވާ ނަގެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.
މީގެއިތުރުން އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 134 ޕޮއިންޓް 120 ޕޮއިންޓުން ތަންޑާ ކާމިޔާބު ކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. ޑެލަސް މެވްރިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 113 ޕޮއިންޓުން މެވްރިކްސް ކާމިޔާބު ކުރިއިރު ހިއުސްޓަން ރޮކެޓްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރިމެޗް 93 ޕޮއިންޓް 82 ޕޮއިންޓުން ކާމިޔާބު ކުރީ ރޮކެޓްސްއެެވެ. އަދި ސެކްރެމެންޓޯ ކިންގްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 118 ޕޮއިންޓުން ކިންގްސް ކާމިޔާބު ކުރިއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 127 ޕޮއިންޓުން ކާމިޔާބު ކުރީ ކްލިޕާސްއެވެ.