މި އަހަރުގެ ދެމެހެއްޓެނެވި ޓޫރިޒަމް ފޯރަމް ރަސްމީކޮށް ފަށައިފިއެވެ.

މި ފޯރަމް ފެށީ މަންހަޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ފޯރަމް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.

މި ރަސްމިއްޔާތުގައި ޓޫރަޒަމް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝިނާންވަނީ ބައިވެރިވެލައްވައިފައެވެ.

މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރާކާތްތެރިވާ ގިނަ ފާރާތްތަކުން ބައިވެރިވެ ވަޑައިގަތެވެ.

އައިއެމްޓީއެމް އިން ބުނީ މި ފޯރަމް ފަށައިފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުގެ ސްޓޭކްހޯލްޑަރުން ގުޅިގެން ޑައިނަމިކް ޑައިލޮގެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުގެ އިތުރުން ތިމާވެއްޓާ ގުޅޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާ މި ފޯރަމްގައި ކުރިއަށްދާނެއެވެ.

އެ ރަސްމިއްޔާތުަގައި އެންރިކޯ ގަވެގްލިއާ ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ/އައިއެމްޓީޢެމް

މި ރަސްމިއްޔާތުގައި އެންރިކޯ ގަވެގްލިއާ ވަނީ މި ފޯރަމް އިފްތިތާހު ކުރުމުގައި މިނިސްޓްރީން ކުރި މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ.

މި އަހަރުގެ އެސްޓީއެފަށް ކަނޑައަޅައިފައިވާ ޝިއާރަކީ ''ގްރީން އިންވެސްޓްމަންޓްސް އެންޑް އިނޮވޭޝަން ފޯ ރެސްޕޮންސިބަލް ޓޫރިޒަމް''އެވެ.

މި ޝިއާރުގެ މަގްސަދަކީ އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ ގޮތް ދަސްކޮށްދިނުމާއި ގްލޯބަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

އިވެންޓްސް މެނޭޖަރު އަލްފާޟިލާ އައިޝަތު ފާރާ ވަނީ މިދިޔަ އަހަރުން ފެށިގެން ކަމާބެހޭ ފަރާތްތަކަށް ޕޮލިސީ ބްރީފް ހުށަހެޅުމުގައި ހޯދި ކާމިޔަބީ ފާހަގަކުރައްވައިފައެވެ. އަދި އައިއެމްޓީއެމްއިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ އުސޫލުތަކަށް ވަކާލާތުކުރުމަށް މަސައްކަތް ކުރާކަން ފާހަކަކުރައްވައިފައެވެ.

މި އަހަރުގެ އެސްޓީއެފްގެ އަމާޒަކީ ސާފު މިންގަނޑުތަކެއް ޓުއަރިޒަމް ދައިރާގައި ގާއިމްކުރުން ކަމަށް އައިއެމްޓީއެމް އިން ބުންޏެވެ. އެސްޓީއެފްގެ ނަތީޖާ ތަކާއި ހާސިލް ކުތަން ބޭނުންވާ ލަދުދަންޑިތަށް އަންނަ އަހަރުގެ ކުރީކޮޅު ނެރެން ނިންމާފައިވާ ވާކަަމަށް މައުލޫމާތު ދިނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް އޮންނާނީ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ.