08 Dec 2023, 13:24
ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކުން ކުރަނީ މުހިންމު މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން، ރައީސް ވަނީ ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
"ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހެވެ.
މި ސަރަހައްދުގެ އަށް ގައުމު ހިމެނޭ ސާކަކީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އިގްތިޞާދީ އަދި އިޖްތިމާއީ ގުޅުން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ސާކުގައި ހިމެނެނީ:
ރާއްޖެ
އިންޑިއާ
ޕާކިސްތާން
ބަންގްލަދޭޝް
ނޭޕާލް
ބޫޓާން
އަފްގާނިސްތާން