23 May 2012, 12:12
އދ. ހަންޏާމީދޫ ރަށު ކައުންސިލުގެ ބައި އިލެކްޝަނާއި އއ. މަތިވެރީ ރަށު ކައުންސިލްގެ ބައި އިލެކްޝަނަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އއ. ހަންޏާމީދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއާއި އއ. މަތިވެރީ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތި ލުމަށް ހުޅުވާލި މުއްދަތު އިއްޔެ ހަމަވި އިރު އެ ދެ ގޮނޑިއަށް ވެސް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ކަމަށެވެ.
އެ ދެރަށުގެ ބައި އިލެކްޝަނަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ހަންޏާމީދު އާއި މަތިވެރީ ރަށުކައުންސިލްގެ ބަިއިއިލެކްޝަންގެ ވޯޓްލުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.