23 May 2012, 11:49
ގައުމީ އިނާމާބެހޭ ކޮމެޓީއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ކޮމެޓީއަށް އައްޔަން ކުރެއްވެވީ ޅ. ކުރެންދޫ ނޫރަންގޭ، ޒުލްފާ އިބްރާހީމް (ފޮޓޯ) އެވެ. ގައުމީ އިނާމް ކޮމެޓީއަށް ޒުލްފާ އައްޔަން ކުރެއްވެވީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޅ. ހިންނަވަރު ނޫރާނީއާގޭ، އައިޝަތު މުހައްމަދު ޞާލިހު އެ ކޮމިޓީގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ޤައުމީ އިނާމާބެހޭ އާ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ކޮމެޓީގެ ޗެއާމަން ކުރީގެ މިނިސްޓަރު އަބްދުއްރަޝީދު ޙުސައިންގެ އިތުރުން މއ. ސިގްމާ ޢަބްދުﷲ އާދަމާއި، މ. މަޚްމާވިލާ އިބްރާހީމް އިސްމާޢީލާއި، މއ. ފިއަވަނި އަޙްމަދު ޢަލިމަނިކާއި، މއ. ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާ އާއި، ހ. މާދޫގޭ ޙުސައިން ޢާމިރާއި، މ. ހަޒާރުމާގޭ އަޙްމަދު ވަޖީހާއި، ވިލިމާލޭ ފަހިދޫ، ޝުހުދާ ފުއާދެވެ.