07 Dec 2023, 18:55
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 0-2ގެ ނަތީޖާއަކުންނެވެ.
މި މެޗު ވެގެން ގޮސްފައިވަނީ ޝެފީލްޑްގެ ކޯޗުކަމާ، ޓީމުގެ ކުރީގެ ކޯޗު ކްރިސް ވައިލްޑާ އަލަށް ހަވާލުވިފަހުން އޭނާގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ފުރަތަމަ މެޗަށެވެ. އެހެންވެ އޭނާ ބެންޗަށް ދިއުމާއެކު ޝެފީލްޑްގެ ސަޕޯޓަރުންވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ލިވަޕޫލުންނެވެ. މި ގޮތުން މި މެޗުގައި ލިވަޕޫލުން ވަނީ ޝެފީލްޑް ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ 37ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވާގިލް ވެން ޑައިކްއެވެ.
މި މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ބޮޑަށް ފެނުނީލިވަޕޫލުން ހަމަލާއަށް އިސްކަން ދީގެން ކުޅުނު މަންޒަރެވެ. އެއާއެކުނ ޝެފީލްޑްއިން ބޮޑަށް ޑިފެންޑްކޮށް ލިބޭ މަދު ފުރުސަތު ތަކުގައި ކުރިއަށް އަރާ ތަނެވެ.
މިގޮތުން މި ހާފުގައި ވެސް ލިވަޕޫލަށް އެ ޓީމުގެ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައިވެއެވެ. މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ސޮބޯޒްލާއިއެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލުން މިހާރުވަނީ ކުޅުނު 15 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 2 ވަނައިގައެވެ. އަދި އެއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލާމނދެމެދުގައިވާ ފަރަގު މިހާރުވަނީ އަނެއްކާ ވެސް ދެ ޕޮއިންޓަށް މަދުވެފައެވެ.
އަދި މި މެޗުން ބަލިވުމުން ޝެފީލްޑް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.