07 Dec 2023, 10:59
މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މި މައްސަލާގައި ހޯދަމުންދަނީ، ކ. މާލެ/ހ. ގުރާތުންގެ، އިބްރާހިމް ޢާޒިމް، 32، ކަމަށެވެ.
އެގޮތުން، އޭނާ ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އާދިއްތަ ދުވަހުގެ 09:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މި މީހާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދެންނެވިއެވެ.