ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުގެ އެކި ވުޒާރާތަކަށް އިއްޔެ ނުވަ ނައިބު ވަޒީރުން އައްޔަންކުރައްވައިފިއެވެ.

މިދިޔަ މަހުގެ 17ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ގެންދަވަނީ ސަރުކާރު އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެކި ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުުން އައްޔަންކުރެއްވުމާއި، އެ ނޫން މަގާމުތަކަށް ވެސް ބޭފުޅުން ގެންދަވަނީ ހަމަޖައްސަވަަމުންނެވެ.

އަލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

  1. މިނިސްޓަރު އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް: ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް

  2. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ނައިބުގެ މަގާމަށް: މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް: އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް،
  4. މިނިސްޓަރު އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، ޙަސަން މިރާސް، މއ. މާފުނަ
  5. މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް: އާމިނަތު މުނާ، ލަކީސްޓާ، ދ. ބަނޑިދޫ
  6. މިނިސްޓަރު އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް: އަޙްމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ
  7. މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް: އިބްރާހީމް ޢަލީމް، ރޯޅި، ގއ. ކޮލަމާފުށި
  8. މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ނައިބުގެ މަގާމަށް: ފާޠިމަތު ޒުހުރާ، ވ. ފައުނު
  9. މިނިސްޓަރު އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް: އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި

އިއްޔެ އައްޔަންކުރެއްވި ބޭފުޅުންނާއެކު ނައިބު ވަޒީރުންގެ ޖުމްލަ އަދަދު މިހާރުވަނީ 72އަށް އަރައިފައެވެ. އެންމެ ގިނަ ނައިބުން އައްޔަންކުރައްވާފައިވަނީ ހޯމް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް މިހާތަނަށް ހަތް ނައިބުން ވަނީ އައްޔަންކުރައްވައިފައެވެ.

މި ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކާ އެކު ޖުމުލަ 22 ވުޒާރާ ހުރެއެވެ.