ހިލޭ ޓްރާންސްފާ އެއްގައި އެއްއަހަރު ދުވަހުގެ މުއްދަތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު މެންޗެސްޓާ ސިޓީއާ ގުޅުނު އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އޮވެން ހާގްރީވްސް އެ ކްލަބުން ދޫކޮށްލައިފި އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން އަނިޔާއާއި ކުރިމަތިވި އޮވެން ހާގްރީވްސް މެންޗެސްޓާ ސިޓީން ދޫކޮށްލިކަން އިއްޔެ އެކުލަބުން ކަށަވަރުކޮށް ނެރުނު ކުރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސިޓީން އޭނަ ދޫކޮށްލީ އޭނަގެ އެގްރިމެންޓު ހަމަވުމުން ކަމަށެވެ.

އުމުރުން 31 އަހަރުގެ ހާގްރީވްސް މެންޗެސްޓާ ސިޓީއަށް ކުޅުނު އިރު ވެސް، އޭނަގެ ފަރާތުން މާމޮޅު ކުޅުމެއް ނުފެނުނުއިރު، ސީޒަންގެ ބޮޑުބައި އޭނަ ހޭދަ ކުރީ ލިބިފައިވާ އަނިޔާއިން ފަރުވާ ހޯދުމަށެވެ.