އޯކިޑްމަގު ރޫޓް ފިހާރަ ކައިރީގައި މާރަމާރީއެއް ހިންގާ އެކަކު ޒަޚަމްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޯކިޑް މަގުގައި މާރާމާރީއެއް ހިނގާ މަންޒަރު ފުލުހުންގެ ސީސީޓީވީ ކެމެރާއިން ފެނިގެން 14:11 ހާއިރު އެޓެންޑްވި ކަމަށެވެ.

މި މާރާމާރީގައި ދިވެހި ފިރިހެނަކަށް ގެއްލުން ލިބިފައި ވާކަމަށާއި އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދޭކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އުމުރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ފެންނަ ފެނުމަށް މާރާމަރީ ހިނގާފައި ވަނީ ހަރު ފުރައިގެ ދެމީހުންގެ މެދުގައެވެ. ތޫނު އެއްޗެއް ބޭނުންކޮށް އެކެއްގެ ޓީޝާޓު އިރާލާފައި ވާއިރު ދެވަނަ މީހާ ބިންމައްޗަށް ވައްޓާލާ އޭނާގެ ގައިގައި ތަޅާތަން އެ ވީޑިއޯއިން ފެނެއެވެ.

ދުވަސްތަކަކަށް މާރާމާރީގެ ކަންކަން ހަމައަކަށް އެޅިފައި އޮތުމަށްފަހު އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ވަނީ މާރާމާރީތައް އިތުރު ވެފައެވެ.

އެކަމުގެ ސަބަބުން ފުލުހުން ވަނީ އައްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.