23 May 2012, 09:47
ރާއްޖޭގެ އޮލިމްޕިކް ކޮމެޓީން ގައުމީ ވޮލީ ޓީމަށާއި ގައުމީ ސްވިމިންގް ޓީމަށް ކޮރިޔާގެ ދެ ކޯޗުން ގެނެސްފި އެވެ.
އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، ސްވިމިންގް އާއި ވޮލީ ޓީމަށް ގެނެސްފައިވާ ދެ ކޯޗުން މާލެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އެ ދެ ކޯޗުން މާލޭގައި ތިބުމަށް ހަމަޖެހިފައި ވަނީ އޮލިމްޕިކް ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ރާއްޖެ އައި އެ ދެ ކޯޗުންނަކީ ކޮރިޔާގެ އިންޗަން ސިޓީގެ ލޯކަލް ގަވަރުމަންޓުން ރާއްޖެ އަށް ހާއްސަ އެހީއެއްގޮތުން ދީފައިވާ ދެކޯޗުންނެވެ.
އެގޮތުން ވޮލީ ކޯޗް ތިން މަހާއި ހަތަރު މަހާ ދޭތެރޭ ރާއްޖޭގައި މަޑުކުރުމަށް ނިންމާފައިވާ އިރު، ސްވިމިން ކޯޗް ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހަށް ކަމަށް ވެސް އޮލިމްޕިކް ކޮމެޓީން ބުންޏެވެ.