10 Aug 2010, 14:31
19:33
ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމާބެހޭ ގޮތުން ބާއްވާ ރަސްމީ ބައްދަލުވުން މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.
މި ބައްދަލުވުން އޮންނާނީ މިރޭ 9:30 ގައި އިސްލާމިކް މިނިސްޓްރީގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާ ވާނީ މުލަ ރޯދަ ދުވަހަށެވެ.
މިއަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ވެސް ޚާއްސަ ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެއްހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށްފަހު މާލޭގެ 7 މިސްކިތެއެއްގައި ދީނީ ދަރުސްދިނުން އޮންނާނެ އެވެ. އަދި މިދަރުސްތައް ކުރިއަށް ދާނީ މިސްކިތްތައް ދައުރުވަމުންދާ ގޮތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ކޮންމެ ހަފްތާއެއްގެ ހޯމަވިލޭރެއާއި ހުކުރުވިލޭރޭ 9:15 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާމާލަމުގައި ޙާއްޞަ ފޯރަމްތަކެއް ކުރިއައް ގެންދާނެ ކަމަށާއި އެ ފޯރަމްތަކުގައި ތަފާތު ދީނީ މައުޟޫއުތަކަށް ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ވާހަކަދައްކަވާ، މީހުންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.