22 May 2012, 22:26
އަށާރަ އަހަރު ނުފުރޭ ކުއްޖަކާއި އިތުރު މީހަކު ބިޔަރު ކޭހަކާއެކު މިއަދު ހައްޔަރުކޮށްފި އެވެ. މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 18 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖެކެވެ. އެމީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި މިއަދު އިރުއޮއްސި 6:00 ޖަހާކަން ހާއިރު ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. ބިޔަރު ކޭސް ފެނުނީ އެ ދެމީހުން ހައްޔަރުކޮށް ބަލާ ފާސްކުރުމުގެ ތެރޭގައި 17 އަހަރުގެ ކުއްޖާގެ އަތުގައި އޮތް ދަބަހަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބިޔަރު ކޭހަކާއެކު މި ދެމީހުން ވިލިމާލޭ ފެރީން ހައްޔަރު ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓަކާއެކު ހުޅުމާލޭ ފެރީން ވެސް މިއަދު މެންދުރު މީހަކު ހައްޔަރު ކުރި އެވެ.