ހުޅުމާލޭގައި ދެ ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ފަތިހު 5:40 އެހާކަންހާއިރު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރީ ގދ. ރަތަފަންދޫ ރޯޒްވީލާ، އަފްޒަލް ޝަރީފް 22، އާއި ގއ. ދާންދޫ އިރުވައިވިލާގޭ، އަޙްމަދު އުބާދު 18 އާއި އެރަށު ގޯލްޑްލީފް ހާރިސް އަބްދުލް ޣަފޫރު 18، އެވެ.

ހުޅުމާލެ ކަޕަޗީނޯ ކެފޭ ކައިރީ ހިންގި މި މާރާމާރީގައި ބިދޭސީ ދެ މިހުންގެ ތެރެއިން އެކެއްގެ މޫނުމަތީގައި އެއްޗަކުން ޖެހުމުގެ ސަބަބުން އޭނާގެ ތުންފަތާއި ނިތްކުރިމަތިން ފަޅައިގެން ގޮސް އެކިވަރުގެ ޒަހަމްތައް ލިބުނެވެ. ހަމަލާގައި ދެވަނަ މީހާއަށް ވެސް ޒަހަމްތައް ލިބިފައިވެ އެވެ.

މި ހަމަލާއަށް ފަހު ދެ ބިދޭސީންނަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.