03 Dec 2023, 13:39
އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕުގެ ދެމެދުގައި ހިންގި ބޮޑު މާރާމާރީގައި ޒަޚަމްވި މިހާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުކުރު ދުވަހުގެ ރޭ ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ 30 އަހަރުގެ ދިވެހި ޒުވާނެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސްފައި ވަނީ 11:50 ހާއިރު ކަމަށެވެ.
އެ މިހާގެ ހާލު ސީރައަސްވެ، މިހާރު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ޒުވާނަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، 18، 19، 20 އަދި 23 އަހަރުގެ ދިވެހި ޒުވާނުންތަކެކެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
ގޭންގު މާރާމާރީތައް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.