ހއ. އަތޮޅު ކައުންސިލްގެ މެންބަރުން ބަހަށް އަހުލުވެރިކުރުވަން އެކެޑަމީން ޕްރޮގްރާމެއް
ހއ. އަތޮޅު ކައުންސިލްގެ މެންބަރުން ބަހަށް އަހުލުވެރިކުރުވަން އެކެޑަމީން ޕްރޮގްރާމެއް

ހއ. އަތޮޅޫ ކައުންސިލްގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރި ކުރުވުމަށް ދިވެހިބަހުގެ އެކަޑަމީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ބަހުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ދެ ބޭފުޅުން ކަމަށްވާ ދިވެހިބަހުގެ އެކެޑަމީގެ މެންބަރު މުހައްމަދު ޝާހިދު ހަލީމާއި ކޮންސަލްޓެންޓް އަލްއުސްތާޛު އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. މިއީ ޖުމްލަ 12 ގަޑިއިރުގެ ކިލާސްތަކެކެވެ.

އެކަޑެމީން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ބަހުގެ ބައިތަކާއި، ލަފުޒު ވަކި ކުރުމާއި، މުއާމަލާތުކުރުން ފަދަ ކަންކަމެވެ. މި ޕްރޮގްރާމުގައި 40 އަށްވުރެ ގިނަ މީހުން ބައިވެރި ވެފައިވެއެވެ.

ދާދި ފަހުން އެކަޑެމީން ވަނީ ޅ. އަތޮޅު ކައުންސިލާ ގުޅިގެން ވެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ އަތޮޅު ކައުންސިލްތަކާ ގުޅިގެންނެވެ.

އެގޮތުން ޕްރޮގްރާމުގެ ބައިވެރިންގެ ދަތުރާއި، ކެއިން ބުއިން އަދި ހުރުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަނީ އަތޮޅު ކައުންސިލުންނެވެ.

އެކަޑެމީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެ ކަމަށެވެ.