01 Dec 2023, 20:12
ގިނަ ޑިސްކައުންޓްތަކާއެކު ހެޔޮ އަގުގައި ތަކެތި ވިއްކުމަށް ބްރަދާހުޑްއިން ގޯ ޑައުން ސޭލެއް ފަށައިފިއެވެ.
އެއް ތަނަކުން ގިނަ ވައްތަރުގެ ތަކެތި ގަންނަން ލިބޭ މި ގޯޑައުން ސޭލުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެއެވެ.
މި ސޭލާ ގުޅޭގޮތުން ބްރަދާހުޑްއިން ބުނީ މި ސޭލް މިދިޔަ ހޮނިހިރު ދުވަހު ފެށިފައިވާކަމަށެވެ. އަދި އަންނަ މަހުގެ ފަނަރައިގެ ނިޔަލަށް މި ސޭލް ކުރިއަށް ދާނެ ކަމަށް ވެސް އެ ފިހާރައިން ވަނީ ބުނެފައެވެ.

ބްރަދާހުޑްގެ ގޯ ޑައުން ސޭލް ކުރިއަށް ދަނީ----
ބްރަދާހުޑްގެ މި ގޯ ޑައުން ސޭލުން ބަދިގެއަށް ބޭނުންވާ ސާމާނާއި ބެޑްޝީޓާއި، ގޭތެރޭ އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ކައްކަން ބޭނުންކުރާ ސާމާނާއި އަންނައުނު ވެސް ލިބެން ހުންނާނެއެވެ. އަދި ސްކޫލު ދަބަހުގެ އިތުރުން ސެންޓު ވެސް ލިބެން ވިއްކަން ހުންނާނެއެވެ.
ސޭލްގައި ވިއްކަނީ ލިމިޓެޑް ސްޓޮކަކަށް ކަމަށްވާތީ ގަންނަން ބޭނުންވާ މީހުބް އަވަހަށް ފިހާރައަށް ދިއުމަށް ބްރަދާހުޑުން އެދެއެވެ.

ބްރަދާހުޑްގެ ގޯ ޑައުން ސޭލް ކުރިއަށް ދަނީ----
ކޮންމެ ހުކުރަކާއި ހޮނިހިރު ދުވަހަކު 500 ރުފިޔާއަށް ވުރެ މަތިން ކުރާ ވިޔަފާރިތަކަށް ޚާއްސަ އިނާމުތަކެއް ލިބޭނެކަމަށް ވެސް ބްރަދާހުޑުން ވަނީ ބުނެފައެވެ.
މި ސޭލް ކުރިއަށް ދާނީ މައްޗަންގޯޅި ދިލްބަހާރު މަގުގައި ހުންނަ ބްރަދާހުޑްގެ ފިހާރައިގައެވެ.