29 Nov 2023, 23:34
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ލާޒިއޯއާއި ސެލްޓިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ދެވަނަ ބުރުން ލާޒިއޯ ޖާގަ ހޯދައިފިއެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކުރީ 0-2ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ސެލްޓިކުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދީ ލާޒިއޯއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުގައި ލާޒިއޯއިން މެޗުގެ ލީޑު ނަގައިފައިވަނީ މެޗުގެ 82ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސީރޯ އިމޮބިލޭއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 85ވަނަ މިނެޓްގައި ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް އިމޮބިލޭއެވެ.
މި މެޗުގައި ސެލްޓިކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވެއެވެ.
މި ކާމިޔާބީއާއެކު ލާޒިއޯ މިހާރުވަނީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަައިގައެވެ.