22 May 2012, 12:50
ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ފުރައިފި އެވެ.
ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިގްތިސާދީ ކޮމެޓީގެ ނައިބު މުގައްރިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީއާ އަދި ތިނަދޫ ދާއިރާގެ މެންބަރު މުހަންމަދު ޤަސަމެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިދިއަ އާދީއްތަ ދުވަހު އިގްތިސާދީ ކޮމެޓީގެ ވަފުދު ޗައިނާއަށް ދަތުރު ފެށީ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއާ ބައްދަލު ކުރަން ކަމަށެވެ. އެދަތުރު ނިންމާލުމަށްފަހު ވަފުދު ރާއްޖެ އަންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.