ސްރީލަންކާގެ ކުރީގެ އާމީ ޗީފް ސަރަތު ފޮންސޭކާ ދެ އަހަރަށް ފަހު މިއަދު ޖަލުން މިނިވަންކޮށްފި އެވެ.

ބީބީސީ އިން މިއަދު ބުނީ ފޮންސޭކާ މިނިވަންކުރުމުގެ "ރިލީސް އޯޑަރުގައި" ރައީސް ރާޖަޕަކުސޭ ހަފުތާ ބަންދުގައި ސޮއި ކުރައްވާފައިވާ ކަމަށާއި ނަމަވެސް އޭނާ އަށް މިނިވަންކަމާ އެކު އުޅެވޭނީ ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

އޭނާ ދެ އަހަރު ކުރިން ހައްޔަރުކުރީ ރައީސް ރާޖަޕަކަސޭއާ އެކު ރިޔާސީ އިންތިހާބުގައި ވާދަކު ރުމަށް ފަހު އެވެ.

"އަހަރެންގެ ހަޔާތް އަހަރެން ގުރުބާން ކުރާނަން އަހަރެންގެ މީހުންނަށް. އަހަރެން 10 އަހަރަށް ޖަލަށް ލިޔަސް، އަހަރެންގެ ޑިއުޓީ އަދާކުރުމަކަށް ފަހެއް ނުޖެހޭނަން." އޭނާ ވެއްލަކަނޑަ ޖަލުން ބޭރަށް ނެރުމާ އެކު ހަރުއަޑުން އަޑުއުފުއްލަވައި ވިދާޅުވި އެވެ.

ސަރީލަންކާގައި ވަކިވެގަތުމަށް މަސައްކަތް ކުރި ތަމަޅަ ޓައިގަރުންގެ މައްޗަށް 2009 ވަނަ އަހަރު ހޯދި ކާމިޔާބީގެ ހަގީގީ ބާނީއަކީ ސަރަތު ފޮންސޭކާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ 2010 ވަނަ އަހަރު ޖަލަށްލި އެވެ.