24 Nov 2023, 22:24
އިނގިރޭސިވިލާތް ބަލިކޮށް ޑޭވިސް ކަޕްގެ ސެމީ ފައިނަލުން ސާބިއާ ޖާގަ ހޯދައިފިއެވެ.
ސްޕެއިންގެ މަލާގާގައި މިހާރު ކުރިއަށްދާ ޑޭވިސް ކަޕް މުބާރާތުގެ ސެމީ ފައިނަލުން ސާބިއާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އިނގިރޭސީންގެ މައްޗަށް ދެ މެޗުން ކާމިޔާބު ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަަމަ މެޗުގައި ބައްދަލުކުރީ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާއާއި ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗްއެވެ.
މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ކެޗްމަނޯވިޗެވެ. ނަމަވެސް މި މެޗުގެ ދެ ސެޓު ވެސް ވަނީ ޓައި ބްރޭކަށް ގޮސްފައެވެ.
އެގޮތުން ފުރަތަަމަ ސެޓުގެ ޓައި ބްރޭކް ކެޗްމަނޯވިޗް ހަތެއް ދެއަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކަމިޔާބުކުރީ ހަށެއް ހަޔަކުންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ދުނިޔޭގައި އެއްވަނަ ރޭންކުގައި ހިމެނޭ ސާބިއާގެ ނޯވަކް ޖޯކޮވިޗާއި އިނގިރޭސިވިލާތުގެ ކެމަރަން ނޯރީއެވެ.
މި މެޗު ވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ސާބިއާއެވެ.
އެގޮތުން އެ މެޗުގެ ސެޓުތައް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މި މެޗުގައި ޖޯކޮވިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.
މި ސީޒަންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީ ތަކެއް ހާސިލްކުރަމުންނެވެ. އަދި އާ ރިކޯޑުތަކެއް ވެސް އޭނާ އަންނަނީ ގާއިމް ކުރަމުންނެވެ.