ޕޮލިސް ބޯޑުގައި ތިއްބެވި ބައެއް މެންބަރުން ވަކިކުރައްވައި އެ މަގާމުތަކަށް އާ މެމްބަރުންތަކެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު، މިއަދު އައްޔަނު ކުރައްވައިފިއެވެ.

އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރަކާ، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރަކެވެ. އަދި އާންމުކޮށް ހުޅުވައިލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މެންބަރެކެވެ.

އާންމުންގެ ތެރެއިން ކުރިމަތިލާ ދެ މެމްބަރުންނަށް ރުހުން ދެނީ މަޖިލީހުންނެވެ.

އެގޮތުން މި ބޯޑުގައި މިހާރު ހިމެނޭ މެމްބަރުންނަކީ:

  • އަހްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު

  • އާއިޝަތު ނޫރާ މުހައްމަދު (ހ. ނޫމުތީ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
  • އަލީ ނަސީރު ގާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު އަޒީމް (ބަގީޗާގެ، ސ. މަރަދޫ ފޭދޫ) - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަހްމަދު ސައުދީ (އަލިމަސްގެ، ހއ. ހޯރަފުށި) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • ހާމިދު ޢަބްދުލްޣަފޫރު (ހ. ޝޭޑީކޯނަރ) - އާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
  • ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) - އާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު

މި ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.