23 Nov 2023, 19:15
އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއާއި މިލްވައުކީ ބަކްސް އެކުގައި ކުޅުނު މެޗު ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސްއިން ކާމިޔާބުކުރީ 119 ޕޮއިންޓް 116 ޕޮއިންޓުންނެވެ.
މި މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ އޭނާގެ ޓީމަށް 23 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީފައެެވެ. އަދި ހަަތަރު އެސިސްޓް ވެސް ކޮށްފައެވެ.
ބަކްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމަށް 21 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދިނުމުގެ އިތުރުން ފަސް އެސިސްޓް ކޮށްދިން ޖިއާނިސް އެންޓެޓޮ ކޮއުމްޕޯއެވެ.
މުބާރާތުގެ އެހެން ބައެއް މެޗުތަކަށް ބަލާއިރު މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސްއާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 112 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބު ކުރީ ޓިމްބާވުލްވްސްއެވެ.
އޮކްލޮހޯމާ ސިޓީ ތަންޑާއާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ.