އިސްކަންދަރު ސްކޫލް ތެރޭގައި ހަރުކޮށްފައި ހުރި ޑީ ބޯޑެއްގައި އަލިފާން ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސްކޫލުގެ ކަރަންޓް ބޯޑެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރްއެސް)އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސުކޫލުގެ ސްޓާފުން އަލިފާން ނިއްވާލައިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.