21 May 2012, 13:00
މާލޭ ސޓީ ކައުސިންސިލްގެ ދަށުގައި އޮޮތް އާޓިފިޝަލް ބީޗު ސަރަަހައްދާއި ސަލްޓަަން ޕާކް ވެސް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންސްގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސިޓީ ކައުސިލްގެ ބެލުމުގެ ދަށުގައި އޮތް އާޓިފިޝަލް ބީޗް ސަރަަހައްދާއި ސަލްޓަަން ޕާކް ހައުސިން މިނިސްޓްރީގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގައި ކަމަށާއި އެކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދު ހައުސިން މިނިސްޓްރީގެ ބެލުގެ ދަށަށް ބަދަލުކުރީ އިގުތިސާދީ އަދި އިޖްތިމާއީ މަސައްކަތްތަކެއް އެ ސަރަހައްދުގައި ކުރުމަށް ބައެއް ފަރާތްތަކުން އެދެމުންދާތީ އެ މަސައްކަތްތައް ކުރުމަށް ކަމަށާއި ސަލްޓަން ޕާކް ނެގީ އެތަނަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ތަނަކަށް ވާތީ ކަމަށެވެ.
"އާޓިފިޝަލް ބީޗް ސަރަހަދުގެ ކަންތަކުގައި އަޅުގަނޑުމެން އޮންނާނީ އަންގާފައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތަކަށް އެދެމުންދާތީ އެކަމަށް ޓަކައި އެ ބޭފުޅުންގެ ]ސިޓީ ކައުންސިލްގެ[ ދަފުތަރުން ވަކިކޮށް ނެގުނު ވާހަކަ. ދެން ސަލްޓަން ޕާކް ނެގީ އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ސިޓީ ކައުސިލްގެ ބެލުމުގެ ދަަށަށް އެ ސަރައްދުތައް ނެގި ނަމަވެސް އެ ސަރަހައްދު ބަލައި ސާފުކުރުމަކީ ސިޓީ ކައުސިންލުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"]އެތަންތަން[ މި ވަކި ކުރެވެނީ އެތަނުގައި އިންވެސްޓްކޮށް އެތަން ޑިވޮލްޕް ކުރުމުގެ ރައިޓްސް. މުނިސިޕަލްސް ސާވީސް އެއީ ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ދެއްވަން ޖެހޭ ހިދުމަތްތައް. މަލޭގެ އެކި ސަރަހައްދު ބެލެހެއްޓުމަކީ އެބޭފުޅުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލް މޭޔަރު މައިޒާން އަލިމަނިކު (މައިޒާން އަލިބެ) މިއަދު ވިދާޅުވީ އެ ދެ ސަރައްދު ނަގާފައިކަން އަންގަފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ސިޓީ ކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެނަށް މިިދިޔަ ހަފްތާގައި އަންގާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދާއި ސަލްޓަން ޕާކް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަަން އެގޮތަށް އެކަން ކުރެވިދާނެ ކަމަކަށް. އެތަން ހުރީ އަދިވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި." މޭޔަރު ވިދާޅު އެވެ.
ސިޓީ ކައުންސިލް އުފެދުމާ އެކު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް 32 ބިމެއް މަލޭ ސިޓީ ކައުންސިލާ ކުރިން ވަނީ ހަވާލުކޮށްފަައިވެ އެވެ.