23 Nov 2023, 07:25
ބަތަލާ ސާރާ އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު "އޭ މެރޭ ވަތަން" އަކީ މިހާރުގެ ޖީލަށް ހިތްވަރު ލިބި އެ ފިލްމަކުން ނަމޫނާ ލިބިގަންނަންވާނެ ފިލްމެއް ކަމަށް ބަތަލާ ބުނެފިއެވެ.
މި ފިލްމަކީ އިންޑިއާގެ މިނިވަންކަމުގެ ޖިހާދަށް ބިނާކޮށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެއް ނަމަވެސް ފިލްމު އުފައްދާފައި ވަނީ މި ޒަމާނަށް ފެތޭ ގޮތަށެވެ. ހަގީގީ ހާދިސާތައް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ތުރިލާއަކީ ކަރަން ޖޯހަރުގެ ދަރްމެޓިކް އެންޓަޓެއިން މަންޓްއިން ގެނެސްދޭ ފިލްމެކެވެ.
އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް 1974ވަނަ އަހަރު ކުރެވުނު ހަނގުރާމައަށް ނިމުން އައިގޮތް ކިޔައިދޭ މި ފިލްމުން އަންހެނަކާއި ކުޑަ ކުއްޖަކު މިނިވަންކަން ހޯދުމަށް ކުރި ޖިހާދުގެ ވާހަކަ ވަރަށް އަސަރާ އެކު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ދަރްމެޓިކް ކުންފުނިން ވަނީ ބުނެފައެވެ.
ކަންނަން އައިޔާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ ކަރަން ޖޯހަރު އަދި އަޕޫރުވާ މެހެތާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ފިލްމުގެ ލީޑު ރޯލު ކުޅޭ ޒުވާން ބަތަލާ ބުނީ ތާރީޚާ ގުޅުންހުރި ޢިލްމު އުނގެނުމުގެ ދަރިވަރެއްގެ ހައިސިއްޔަތުން މި ފިލްމުގައި ގެނެސްދިން ވާހަކަތަކަކީ އޭނާ ވަރަށް ޝައުގުވެރިވި ވާހަކަތަކެއް ކަމަށެވެ. ފިލްމެއްގެ ޒަރީޢާއިން ނަމަވެސް އިންޑިއާގެ ތާރީޚާ ގުޅުންހުރި ވަރަށް ގިނަ ވާހަކަތަކެއް މި ފިލްމު މެދުވެރިކޮށް ދަސްވި ކަމަށާއި މިފަދަ ފުރުސަތެއް ދޫކޮށްލުމަކީ ސާރާ ކަހަލަ ޢިލްމު އުނގެނުމަށް ޝައުގުވެރިކަން ހުރި އެއްވެސް ފަރާތަކުން ކުރާނެ ކަމެއް ނޫންކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސާރާ ޢަލީ ޚާން ފިލްމު "އޭ މެރޭ ވަތަން"ގެ މަންޒަރެއްގައި
މި މަހުގެ 20ވަނަ ދުވަހުން ފެށި 54ވަނަ ބައިނަލްއަޤުވާމީ ފިލްމު ފެސްޓިވަލުގައި މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރޮޑިއުސަރު އަޕޫރުވާ ބުނެފައިވަނީ މިއީ ކޮންމެހެން ވެސް އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އެނގުން މުހިއްމު ވާހަކައެއް ކަމަށެވެ. ކަ
އިރި މުސްތަޤްބަލެއްގައި ފިލްމު އެމޭޒަން ޕްރައިމްގައި ޕްރިމިއާ ކުރާނެ ކަމަށް ބުނެފައިވާއިރު އެއީ ކޮން ތާރީޚެއް ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.