21 Nov 2023, 22:36
ސަކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް 25 ބޭފުޅަކު އައްޔަނުކުރައްވައި، އެ ބޭފުޅުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފިއެވެ.
ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ އެ ކަމަށް ޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ.

އެކި މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން އައްޔަންކުރުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މިއަދު އައްޔަނުކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުން އައްޔަނުކުރެއްވި މަގާމުތަކަކީ:
މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް: ސ. ހިތަދޫ މުދިންގެ، މުޢާޛު ޙަލީމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް: ނ. ފޮއްދޫ ޔާގޫތުގެ، ޙުސައިން ޝާމް އާދަމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް: ގ. ބާނި، އަޙްމަދު މާޒިން
- މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން: ނ. ވެލިދޫ މާކޯނި، ޑރ. އަޙްމަދު މުޙައްމަދު
- މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން: ރ. އަލިފުށި ފުސްތުޅާގެ، ޑރ. އަބްދުއްލަޠީފް މުޙައްމަދު
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް: ހ. ހުވަދޫ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް: މއ. ރަސްއައިން، އިސްމާޢީލް ޢަބްދުﷲ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް: ގދ. ވާދޫ ހުސްނުހީނާގެ، އަޙްމަދު ޤާސިމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - މއ. ބަރަކަ، ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްހަކީމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް - ޏ. ފުވައްމުލައް މިސްކިތްމަގު. މާވޭދު، މުންޢިމް އަނީސް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: މ. ކޮތަންމާގެ، އާމިނަތު ޙުސައިން ޝަރީފް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: ވ. ނަލަދުވެލި، މުޙައްމަދު ރިޔާޟް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: މ. މަންނަ، ޙުސައިން އިމްރާން އަބްދުލްމުހައިމިން
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ގދ. ރަތަފަންދޫ ރޯޝަނީވިލާ، މުޙައްމަދު ފާއިޒް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ފ. ނިލަންދޫ ފައުނު، އިބްރާހީމް ނިޡާމ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ހ. ސެނާއާގެ، މުޙައްމަދު ދިލްޝާން ޢަބްދުﷲ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް: ހއ. ތަކަންދޫ ސާދާގެ، އަޙްމަދު ސާލިމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: މ. ބްލޫނައިލް، އިބްރާހީމް ޠަޢާމު މުޙައްމަދު
- މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: މއ. އެލީޒިއަމް، އިބްރާހީމް ނަޡީމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: ހ. ޓިވެގާލައިޓް، އިސްމާޢީލް ޙަމީދު
- މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: މއ. އަދުންކޮށީގެ، ޙަސަން ރަޝީދު
- މިނިސްޓާ އޮފް ސްޓޭޓް ފޯ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ހ. އަސްޖެހިގެ، މަރްޔަމް ވިޝާމާ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް - ހުޅުމާލެ. ފްލެޓް ނަންބަރު 02-1-88 މުޙައްމަދު ރަފީޤު ޙަސަން
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް- ށ. ކޮމަންޑޫ ރަންކޮކާގެ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް - ލ. ގަން ތުނޑި. ކޯޒީކޯނަރ އަޙްމަދު ރަޝީދު
މީގެ އިތުރުން، ސަރުކާރު މުއައްސަސާތަކުގެ އިސް ވެރިން ވެސް މިހާރު ދަނީ އައްޔަން ކުރަމުންނެވެ. އެގޮތުން، ސްޕޯޓްސް ކޮމިޝަނަރާ، ކޮމިޝަނާ އޮފް ކަސްޓަމްސް ފަދަ މަގާމުތަކަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ.