20 May 2012, 20:13
މަސްތުވާތަކެއްޗާއި ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސްތުވާތަކެތީގެ މައްސަލަތައް ބެލުން މަޑުޖައްސާލާފައި އޮތުމަށް ފަހު ޖުވެނައިލް ކޯޓުން މަސްތުވާތަކެތީގެ މައްސަލަތައް ބަލަން މިއަދު ފަށައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ 44 މައްސަލައިގެ ތެރެއިން ޑްރަގް ކޯޓުގެ އިހުތިސޯސް ހިނގަނީ ތިން މައްސަލަކަށް ކަމަށާއި އެ މައްސަލަތައް މިހާރު އެ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
"ޑްރަގް ކޯޓުގެ އިހުތިސޯސް ހިނގަނީ ތިން މައްސަލައަކަށް އެ މައްސަލަތަށް މިހާރު ވަނީ ޑްރަގް ކޯޓަށް ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އަލަށް ތަސްދީގު ކުރެވުނު މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ޑްރަގް ކޯޓަށް އިހުތިސޯސް ލިބެނީ ހަމައެކަނި މަސްތުވާތަކެތި ބޭނުން ކުރިކަމަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް އެކަންޏެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ދައުވާ ލިބޭ މީހުން ދައުވާއަށް އިންކާރުކޮށްފިނަމަ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެން ވަނީ ހަމައެކަނި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށެވެ.