މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޝަމާން ވަހީދު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް ވަނީ ބައެއް ބޭފުޅުން އައްޔަން ކުރައްވައިފައެވެ.

އެ ރަސްމިއްޔާތުގައި ޝަމާނަށް ރައީސްވަނީ މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ.

ޝައްމާންވަނީ އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވައިފައެވެ. ނަމަވެސް މި ނިމުނު ސަރުކާރުން ވަނީ އޭނާ އިމިގްރޭޝަންގައި އަދައިކުރައްވަމުން އައި ވަޒީފާއިން އެކަހެރިކޮށްފައެވެ.

މި ނިމުނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ ގޮތުގައި ހުންނެވީ އަހްމަދު މުޙައްމަދު ހުސައިން (ހަނަފީ)އެވެ.