20 May 2012, 17:50
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަލުން އެކުލަވައިލައްވައިފި އެވެ. އާ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ދަފްތަރު ނަންބަރު 4226 މުހައްމަދު ރަޝީދެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ކުންފުނީގެ މެނެޖިން ޑިރެކްޓަރު އައްޑޫ ސިޓީ ފޭދޫ އަޅިވިލާގޭ މުޙަންމަދު ލަޠީފާއި މ. ޖަވާހިރުވާދީ އަހުމަދު ރަޝީދާއި، ދަފްތަރު ނަންބަރު 8661 ގ. ދިޔަލަ، އާދަމް ތައުފީގާއި ހ. ފައިން ބީޗް ޢަލީ ރަޝީދުއިބްރާހީމާއި އަދި މއ. ބެރިޔަންފަރު ޢަބްދުﷲ ޝިނާނެވެ.