15:10


މިއަދު މެންދުރު ފަހު 3 ޖަހާއިރު ބައްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 4:30 އަށް ފަސްކޮށްފި ކަމަށް މަޖިލީހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.


މިއަދުގެ ދެވަނަ ދަންފަޅީގެ ޖަލްސާ ފަސްކުރި އިރު ޖުޑިޝަލް ސާވިސް ކޮމިޝަނާ ރައީސް މިހާރު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. ނަމަވެސް އެ ކޮމިޝަނުގެ ރައީސް މުޖުތާޒު ފަހުމީ ސަންއެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބައްދަލުވުމަށް އޭނާ އަށް ދައުވަތު ނުދެއްވާ ކަމަށެވެ.