23 Nov 2023, 12:05
ކެމިކަލް މަދު އަދި ހަންގަނޑުގެ ސިއްހަތަށް ރަނގަޅު އުފެއްދުމެއް ކަމަށްވާ "ފްރޫޒާ" ބްރޭންޑުގެ ތަފާތު އުފެއްދުންތަށް މިހާރު ބްރަދާހުޑް ޝޮޕުން ލިބެން ހުންނާނެއެވެ.
ފްރޫޒާ ބްރޭންޑުގެ އުފެއްދުން ތަކަކީ ދިވެހީންނަށް ކަމުދާ ވަރަށް ތަފާތު އުފެއްދުން ތަކެކެވެ.
ބްރަދާހުޑުން ބުނީ މިއީ ޔޫރަޕުގެ މާކެޓަށް ނެރޭ ފެންވަރުގައި އުފައްދައިފައިވާ އުފެއްދުންތަކެއް ކަމަށެވެ. އަދި މި ހުރިހާ އުފެއްދުންތަކަކީ ވެސް އައިއެސްއޯ ސާޓިފައިޑް އުފެއްދުންތަކެއް ކަން ވެސް އެ ފިހާރައިން ވަނީ ފާހަގަކޮށްފައެވެ.
ފްރޫޒާ ބްރޭންޑަކީ ރާއްޖެއަށް އެތެރެކުރާ އެންމެ ރަނގަޅު އެއް ޝަވާ ޖެލްއެވެ. އަދި މި ޝަވާ ޖެލްއަކީ ހަށިގަނޑަށް އަރާމު "މޮއިސްޗަރައިޒިން އިފެކްޓެއް" ލިބިގެންދާ އުފެއްދުމެއް ކަމަށް ވެސް ބްރަދަހުޑުން ވަނީ ބުނެފައެވެެ.
މި ޝަވާ ޖެލް ތައްޔާރުކޮށްފައިވަނީ މި އުފެއްދުން ބޭނުންކުރާ ކަސްޓަމަރުންގެ ހަމުގެ ސިއްހަތަށް ބަލައި، އެހެން ބްރޭންޑު ތަކަށް ވުރެ ކެމިކަލް މަދުކޮށްނެވެ. އެހެން ބްރޭންޑުތަކުން ހަންގަނޑަށް ވަގުތީ ޗާލުކަމެއް ލިބޭއިރު، ފްރޫޒާ ބްރޭންޑުން ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބި، ދިގު މުއްދަތަކަށް އެ ރީތިކަން ހުންނާނެއެވެ.

ފްރޫޒާ ގެ އުފެއްދުމެއް---
މީގެ އިތުރަށް މި ބްރޭންޑުން ފޯރުކޮށްދޭ ޝަވާ ސްކްރަބްތަކަކީ ވެސް ރާއްޖޭގައި އެންމެ މަގުބޫލު އެއް ޝަވާ ސްކްރަބެވެ. މި ސްކްރަބްތަކުން އަމިއްލަ ގޭގައި ތިބެގެން ސްޕާއެއްގެ އިހުސާސް ވާނެއެވެ.
މި ބްރޭންޑުގެ އެންޓި ބެކްޓީރިއަލް ހޭންޑް ވޮޝް އަކީ ބެކްޓީރިއާ ނައްތާލުމުގައި ބޮޑު ރޯލެއް އަދާކުރާ ވަރުގަދަ ހޭންޑް ވޮޝްއެކެވެ. އަދި މީގެ ސަބަބުން އަތުގައި މޭވާގެ މަޑު މަޑު ވަހެއް އަބަދުވެސް ހުންނާނެއެވެ. މި ބްރޭންޑުގެ ތަފާތު އެކި މީރުވަސްދުވާ ހޭންޑްވޮޝް ހުންނާނެއެެވެ. އޭގެ ތެރޭގައި އެލޯވިރާ އާއި، އެޕަލް އަދި ސްޓްރޯބެރީ ވެސް ހިމެނެއެވެ.
މީގެ އިތުރުން ބްރަދަހުޑުން ބުނީ ފްރޫޒާ ބްރޭންޑުގެ އުފެއްދުންތަކަކީ މުޅި މާކެޓުގައި ވެސް އެންމެ އަގުހެޔޮކޮށް ލިބެން ހުންނާނެ އެއް އުފެއްދުން ކަމަށެވެ.

ފްރޫޒާ ގެ އުފެއްދުމެއް---
އަދި މި އުފެއްދުންތައް ހަމައެކަނި ވިއްކަނީ ގްރޭޓާ މާލެ އޭރިއާގައި ނޫން ކަމަށާއި، މުޅި ރާއްޖޭގެ ވެސް ހުރިހާ ފިހާރައަކުން މި އުފެއްދުން ލިބޭނެ ކަމަށް ބްރަދަހުޑުން ބުނެފައިވެއެވެ. އަދި ރަށްރަށުން ކުރާ އޯޑަރުތައް ވެސް ބަލައިގަނެ އެ ރަށަކާ ހަމައަށް އެ އޯޑަރެއް ފޮނުވައިދޭނެ ކަމުގެ ޔަގީންކަން ވެސް އެ ފިހާރައިން ދެއެވެ. އަދި ފަސޭހަކަމާއެކު، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ދަނބު ގޯޅިގައި ހުންނަ ބްރަދަހުޑް ހޯލްސޭލް ސެންޓަރުން މި އުފެއްދުންތައް ލިބޭނެ ކަމަށް ބްރަދަހުޑުން ބުނެއެވެ.
ބްރަދާހުޑްއަކީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސްއާއި، ކަރަންޓު ސާމާނާއި، ގެއަށް އަދި ގޭގެ ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުުރުން ހާޑްވެއާ ސާމާނާއި ގާމެންޓްސް ވެސް ވިއްކާ ފިހާރައެކެވެ.