18 Nov 2023, 23:07
އާ ސަރުކާރުގެ ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އާ ސަރުކާރުން އެކުލަވައިލި ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތައް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން، ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތަކަކީ:
މިނިސްޓްރީ އޮފް ޑިފެންސް - ދިފާޢީ ވުޒާރާ
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް- ޚާރިޖީ ވުޒާރާ
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތަޢުލީމީ ވުޒާރާ
- މިނިސްޓްރީ އޮފް ހެލްތް - ޞިއްޙީ ވުޒާރާ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް- ބަންޑާރަ ނައިބުގެ އޮފީސް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް- އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް އެގްރިކަލްޗަރއެންޑް އެނިމަލް ވެލްފެއަ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
- މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
އާ ސަރުކާރުގައި ޖުމުލަ 22 ވުޒާރާއެއް ގާއިމުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ވުޒާރަތަކަކީ މުޅިން އަލަށް އުފެއްދި ވުޒާރާތަކެވެ.
އިއްޔެ ހުވާ ކުރެއްވި ރައީސް މުއިއްޒު ރޭ ވަނީ ވަޒީރުންގެ މަޖިލީހަށް ބޭބޭފުޅުން އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުން ރޭ ވަނީ ވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ.