18 Nov 2023, 20:01
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައިފިއެވެ.
ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމާ އެކު ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
އެހެންވެ، އެ ޕާޓީން ވަނީ ޕީޖީ ލީޑަރުކަމަށް ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތުގައި ވާދަކުރެއްވީ:
މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
- ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
- ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ
ޕީޖީ ލީޑަރަކު ހޮވަން ބާއްވާ އެމްޑީޕީގެ އެތެރޭ އިންތިޚާބު އޮންނާނީ ބުރާސްފަތި ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ވެގެންދާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށެވެ.