ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 16 ބޭފުޅަކު މިރޭ އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ އެ ކަމަށްޓަކައި މިރޭ އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން، މިއަދު ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ޑިރެކްޓާ އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ސީނިއާ މިނިސްޓަރުގެ ފެންވަރުގައެވެ.

ރައީސް އޮފީހަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނަކީ:

  • ޗީފް އޮފް ސްޓާފް: އަބްދުﷲ ފަޔާޒް

އަބްދުﷲ ފަޔާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ.

ފަސް މިނިސްޓަރުން

  • މިނިސްޓާ އެޓް ޕްރެސިޑެންޓްސް އޮފީސް ފޯ ޕްރެސިޑެންޝަލް އެފެއާޒް:އަލީ އާރިފް
  • މިނިސްޓާ އެޓް ޕްރެސިޑެންޓްސް އޮފީސް: އަބްދުﷲ ނާސިރު
  • މިނިސްޓާ އެޓް ޕްރެސިޑެންޓްސް އޮފީސް: އާދަމް ރަމީޒް
  • މިނިސްޓާ އެޓް ޕްރެސިޑެންޓްސް އޮފީސް ފޯ ސްޓްރޭޖިކް ކޮމިއުނިކޭޝަން - އިބްރާހީމް ޚަލީލް
  • މިނިސްޓާ އެޓް ޕްރެސިޑެންޓްސް އޮފީސް ފޯ ލީގަލް އެފެއާޒް - އަހްމަދު އިޝާމް ވަޖީހް

އިތުރު މަގާމުތައް:

  • ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ - ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓައާޑް އިބްރާހީމް ލަތީފް

  • ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ފޮރިން ރިލޭޝަންސް – މުހައްމަދު ނަސީރު
  • ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ކެބިނެޓް އެފެއާޒް - އަހްމަދު އަލީ ހަބީބް
  • ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް - މުހައްމަދު ޝާހިދު
  • ސެކެޓްރީ ޓު ޕްރެސިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް - ހުސައިން އާމިރު
  • ސެކެޓްރީ ޓު ޕްރެސިޑެންޓް އޮން ލީގަލް އެފެއާޒް - އައްބާސް ޝަރީފް
  • ސެކެޓްރީ ޓު ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ - އާއިޝަތު އިކްރާމް
  • ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް - މުހައްމަދު އަލީ ޖަނާހް
  • އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް - މުހައްމަދު ޚަލީލް

ރައީސް އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރު އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ބޭބޭފުޅުން އައްޔަންކޮށް، އެ ބޭފުޅުން ވެސް މިރޭ ވަނީ ވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ.