Last Updated:
2 year 1 week ago

ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުން

    ބުލޮގު ޚުލާސާ

    ޑރ. މުޙައްމަދު މުއިއްޒާއި ހުސައިން މުޙައްމަދު ލަތީފު، ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފެށެން މިހާރު ވަނީ ވަގުތު ކުޑަތަންވެފައެވެ.

    އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 3،000އަށް ވުރެ ގިނަ ދައުވަތު ފޮނުވާފައިވެއެވެ. އޭގެ ތެރޭގައި ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ފޮނުވި ދައުވަތު ވެސް ހިމެނެއެވެ.

    17:25

    އަސްލަމްގެ ވާހަކަފުޅަށް ފަހު، އާ ރައީސާއި ނައިބު ރައީސް ހުވާ ކުރެއްވުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވައިފި

    17:24

    އަސްލަމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ވީހާވެސް އަވަހަށް ފާސްކުރާނެ ކަމަށް

    17:23

    މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، އާ ރައީސަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް

    17:22
    ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު ޝާތިއު ޢަބްދުﷲ
    17:17

    މުއިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ވެރިކަމަށް ފެށި ދަތުރަކީ އަމާން، ކާމިޔާބު ދަތުރެއްގެ ގޮތުގައި ލެއްވެވުމަށް އެދި ދުއާ ކުރެއްވުމަށް ފަހު.

    ރައީސް ޑރ. މުޙައްމަދު މުއިއްޒު

    އަޅުގަނޑު އަދުލުވެރިވާނަން، ބޭއިންސާފެއް ނުވާނަން، ވައްކަމާއި ކޮރަޕްޝަނަށް ހަރު އަޑުން ނޫނެކޭ ބުނާނަން.
    17:14

    ދިވެހިންގެ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ ހަދާނެ ކަމަށް

    ރައީސް ޑރ. މުޙައްމަދު މުއިއްޒު

    އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއްވަނައަށް! ފުރަތަމައަށް! އެހެން ގައުމެއްގެ ބަޔަކު އަންނަނީ އޭގެ ފަހަށް!
    17:08

    މުއިއްޒު ވިދާޅުވީ، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވައި، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ވިޔަފާރި ކުރުމަށް ފަހިކޮށްދޭނެ ކަމަށް

    17:06

    ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށް. އެކަމަށް ޓަކައި މެދު ރާސްތާގެ އަމާޒުތަކާއި ދުރު ރާސްތާ އަމާޒުތައް ކަނޑައަޅާނެ ކަމަށާއި، އެކަމަށް ދިވެހިންގެ ހިޔާލު ހިއްސާކުރުމަށް ފުރުސަތު ދޭނެ ކަމަށް.

    ރައީސް ޑރ. މުޙައްމަދު މުއިއްޒު

    އިރާދަރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަން ގެދޮރުވެރިކަން ފަދަ ލުއިތައް ދޭނަން.
    17:04

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށާއި އެއާއެކު ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

    17:02

    އަދުލު އިންސާފަށް ސަރުކާރުގެ އެއްވެސް ނުފޫޒަ ވަނަ ނުދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

    ފޮޓޯ/ މަޖިލިސް
    17:02

    މި ފެށުނު ރިޔާސީ ދައުރުގެ އަމާޒަކަށް ވާނީ އިލްމާއި ހުނަރާއި، އަހުލާގާއި ދީނާއީ، އުޅުންތެރިކަން ދިވެހި ދަރިންގެ މެދުގައި އަށަގެންނެވުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

    17:01

    މުއިއްޒު ވިދާޅުވީ، މިއަދަކީ ޒަމާންތަކަކަށް ފަހު ދިވެހިން ދިވެހީންގެ ރާއްޖެއަށް ދިޔުމަށް ދަތުރުފެށި ދުވަސް ކަމަށް

    17:00

    ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަގާމު ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަން ފައްޓަވައިފި

    16:56

    ހުސައިން މުޙައްމަދު ލަތީފު ހުވާކުރައްވައި، ގައުމުގެ 10 ވަނަ ނައިބު ރައީސަކަށް ވެވަޑައިގެންފި

    16:50

    އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މަގާމުގެ ހުވާ ކުރައްވަން ފައްޓަވައިފި. އެ މަނިކުފާނަށް ވެސް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު.

    16:49

    ޑރ. މުއިއްޒު ހުވާ ކުރައްވައިފި. ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސަކަށް މުއިއްޒު ވެވަޑައިގެންފި.

    ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ
    16:48

    އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް، އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވަން ފައްޓަވައިފި

    16:47

    ހުވާ ކުރެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ތައްޔާރުވެވަޑައިގެންފި

    16:46

    ޖަލްސާއަށް 81 މެންބަރުން ވަޑައިގެންނެވިއިރު، ސަލާމުގައި އެއް މެންބަރަކު ހުންނެވި ކަމަށް އަސްލަމް ވިދާޅުވެއްޖެ

    16:45

    މަޖިލީހުގެ ރައީސް އަސްލަމް، މަޖިލީހުގެ ޖަލްސާ ފައްޓަވައިފި

    16:40

    އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގައުމީ ސަލާމުން ފަށައިފި

    16:36

    އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމިއްޔާތަށް ވަޑައިގެންފި

    16:31
    ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރަސްމިއްޔާތަށް ވަޑައިގަތުން -- ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު ޝާތިއު ޢަބްދުﷲ
    16:25

    ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ބޭރު ގައުމުތަކުގެ ވެރިންނާއި އެ ބޭފުޅުންގެ މަންދޫބުން ވެސް ވަޑައިގަންނަވަނީ

    ފޮޓޯ/ އިންފިނިޓް މޮމެންޓްސް: މުޙައްމަދު ޝާތިއު އަބްދުﷲ
    ފޮޓޯ/ އިންފިނިޓް މޮމެންޓްސް: މުޙައްމަދު ޝާތިއު އަބްދުﷲ
    16:22

    އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފި. އެ މަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން ވެސް ދަރިކަނބަލުންނާއެކު ވަޑައިގެންފި.

    16:20

    ހުވާލައިދެއްވުމަށް އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރަސްމިއްޔާތަށް ވަޑައިގެންފި

    16:17

    ޑރ. މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް ވަޑައިގެންފި

    16:14

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމިއްޔާތަށް ވަޑައިގެންފި

    16:13

    ނައިބު ރައީސް ފައިސަލް ނަސީމާއި އަނބިކަނބަލުން އާއިޝަތު ޝަމްސަދާ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންފި

    16:11

    މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަނބިކަނބަލުން ރަސްމިއްޔާތަށް ވަޑައިގެންފި

    16:09

    ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ޙުސައިން ރަސްމިއްޔާތަށް ވަޑައިގެންފި.

    ފޮޓޯ/ އިންފިނިޓް މޮމެންޓްސް: މުޙައްމަދު ޝާތިއު އަބްދުﷲ
    16:07

    އެ ރަސްމިއްޔާތަށް މިހާރު މެހެމާނުން ވަޑައިގަންނަވަނީ. މިހާތަނަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭ.

    ފޮޓޯ/ އިންފިނިޓް މޮމެންޓްސް: މުޙައްމަދު ޝާތިއު އަބްދުﷲ
    15:53

    ޑރ. މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ

    15:52

    ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ.

    15:44
    ޑރ. މުއިއްޒު ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާން ތައްޔާރުކޮށްފައި -- ފޮޓޯ/ މަޖިލިސް
    ޑރ. މުއިއްޒު ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާން ތައްޔާރުކޮށްފައި -- ފޮޓޯ/ މަޖިލިސް
    15:43

    ޑރ. މުޙައްމަދު މުއިއްޒާއި ހުސައިން މުޙައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި 4:45ގައި. އެ ރަސްމިއްޔާތަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން.