ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސްއިން ދެ ލައްކަ ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.

މި ފައިސާގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ)އާ ހަވާލުކޮށްފައިވަނީ، އެ ކަމަށްޓަކައި މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަސްޓަމްސްގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒެވެ.

އިންސާނީ ކާރިސާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ގިނަ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އެކިއެކި ވިޔާފާރިތަކުންނާއި ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ފަލަސްތީނަށް އެހީވުމަށް އެކި ކަހަލަ ހަރަކާތްތަށް އަންނަނީ ހިންގަމުންނެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އަދި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ.

މި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރު ވެސް ކުށެއް ނެތް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ފަދަ މުހިންމު އިމާރާތްތައް ވަނީ ހަލާކުވެފައެވެ.