16 Nov 2023, 11:52
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައިނުވާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސާލާގައި ހޯދަން އިއުލާންކޮށްފައި ވަނީ ހއ. ދިއްދޫ, ޕެލަސް، އުމުރުން 40 އަހަރުގެ އިބްރާހީމް ޝަފީޤްއެވެ.
އޭނާ ހޯދަން އިއުލާންކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާތީއެވެ.
ފުލުހުން ބުނީ މި އަންނަ އާދިއްތަ ދުވަހުގެ 11:15 އަށް އިބްރާހީމް ޝަފީޤް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އިބްރާހީމް ޝަފީޤާ ބެހޭ މައުލޫމާތެއް އެއްވެސް ފަރާތަކުން ލިބިފައިވާނަމަ، ވީއެންމެ އަވަހަށް ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ. މީގެ އިތުރުން، އެފަދަ ކަންކަމުގައި އާންމުންގެ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާ ކޮށްފައެވެ.