ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ލިއޯން ފެމިނީންއިން ބޮޑު ތަފާތަކުން ސްލާވިއާ ޕްރާގް ވިމެންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕްރާގްގައި ކުޅުނު މި މެޗު ލިއޯންއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާ އެކު 9-0 އިންނެވެ. ލިއޯންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ލިއޯންއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ ސަރާ ޑަބްރިޓްޒްއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ޑެނިއެލް ވެން ޑެ ޑޮންކްއެވެ. ތިންވަނަ ލަނޑު ވަނޭސާ ގިލްސް ކާމިޔާބު ކުރިއިރު އެ ޓީމުގެ ފަހު ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ގިލްސްއެވެ.

ހަތަރުވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހައިދިނީ އިއުޖީނީ ލެ ސޮމާއެވެ. ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓާއި 45 ވަނަ މިނެޓުގައި ޖަހައިދިނީ ކަޑިޑިއާޓޫ ޑިއާނީއެވެ. ހަތްވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ވިމެންސް ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިފާވާ އަޑާ ހެގަބާގްއެވެ. މިއީ އޭނާ ވިމެންސް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 60 ވަނަ ލަނޑެވެ. އެ ޓީމުގެ އަށްވަނަ ލަނޑު ޖަހައިދިނީ އަމެލް މައިރީއެވެ.

މި ކާމިޔާބީއާ އެކު ލިއޯން ފެމިނީންއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައިވާއިރު މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ސެއިންޓް ޕޯލްޓަން އާއި ބްރާންގެ މެޗު 2-1 އިން ކާމިޔާބުކުރީ ބްރާންއެވެ.