14:50


ފުލުހުންގެ އިސް އޮފިސަރަކު އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީން ބަލަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަންހެން ކުއްޖަކާ ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް މާލޭގައި ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގާފައިވާ ކަމަށް ބުނެ އަންހެން ކުއްޖަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެ އޮފިސަރު އިންކާރުކުރާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.  އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.  އެހެން ނަމަވެސް އޮފިސަރު ވަޒީފާއަށް ނިކުންނަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. އަދި އެމައްސަލަ އަކީ މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.  


އެކަމާ ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ރަސްމީ ކޮށް އެކޮމިޝަނަށް ފުލުހުން ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް އެކަން ބަލަމުން އަންނަ ކަމަށެވެ.