20 May 2012, 13:48
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ)ގެ 62 ވަނަ ޢާންމު އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އެފްއޭއެމް އަށް ދައުވަތުދީފި އެވެ.
ފީފާގެ 62 ވަނަ އާންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި މި މަހުގެ 23 އިން 26 ގެ ނިޔަލަށެވެ.
އެފްއޭއެމް އިން ބުނީ، އެ ބައްދަލުވުމުގައި ބައިވެރިވުމަށް ރައީސް އަލީ އާޒިމާއި ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު އަދި ޖެނެރަލް ސެކްރެޓަރީ ޝާހް އިސްމާއީލް އަންނަ އަންގާރަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.