ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ގުޅޭ ޗެނަލް ބޭނުންކުރުމުގައި ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ސަމާލުވެ، ގަވާއިދުތަކަށް ކަމޭހިތުމަށް އާބަންކޯއިން މިއަދު އިލްތިމާސް ކޮށްފިއެވެ.

އާބަންކޯއިން ބުނީ މިހާރު ވެސް މި ޗެނަލް ޕާކް ބޭނުން ކުރުމުގައި ވެސް އެ ކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފުވާ ކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދަށް މޫދަށް އެރި އުޅޭ ފަރާތްތަކުން ވެސް، މޫދަށް އެރިއުޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަން އާބަންކޯއިން ފާހަގަކޮށްފައިވެއެވެ.

އެ ސަރަހައްދަކީ ވަރަށް އޮއެ ގަދަ ސަރަހައްދަކަށް ވުމުން މޫދަށް އެރި އުޅޭ މީހުން އެ ކަމަށް ސަމާލުކަން ދޭން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އެހެންވެ، ސަމާލުކަން ދޭންޖެހޭ ކަންކަން ހިމަނައި އާބަންކޯއިން ވަނީ އެ ސަރަހައްދުގައި ބޯޑެއް ވެސް ހަރުކޮށްފައެވެ.