ހުޅުމާލޭގައި މަދިރި ނައްތާލުމަށް އާބަންކޯއިން އިސްނަގައިގެން ކުރިޔަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، މަދިރިން ޖެހޭ ނުރައްކާތެރި ބަލިތަކުން އާންމުން ހޭލުންތެރިކޮށް، މަދިރި ނައްތާލުން ކަމަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ފަސް އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށް އާބަންކޯއިން ބުނެއެވެ.

މި މުބާރާތަށް ކަނޑައަޅާފައިވާ ތީމަކީ 'ޑެންގީ އިޖާބަ' އެވެ. މިއީ ޑެންގީއިން ރައްކާތެރިވާނެ ގޮތްތަކާއި، ޑެންގީއިން ރައްކާތެރިވުމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް ބާރުއަޅާ ތީމެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން:

1 ވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ

2 ވަނަ އަށް 1500 ރުފިޔާ

3 ވަނަ އަށް 500 ރުފިޔާ

މި އަންނަ ބުދަ ދުވަހާ ހަމައަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް އާބަންކޯއިން ބުނެއެވެ. ހަމަ އެހެންމެ ކޮންމެ ބައިވެރިޔެއްވެސް ކުރެހުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަކާއި މެންދުރު 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަން ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.