ދީނީ ދަރުސް ދެއްވުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިފައިވާ ކޮންމެ ބޭފޫޅަކަށް ރާއްޖޭގެ ކޮންމެ މިސްކިތެއްގައިވެސް ދީނީ ނަސޭހަތް ދެއްވޭނެ ކަމަށް އިސްލާމިކު މިނިސްޓަރު ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދީނީ އެއްބައިވަންތަކަމުގެ ގާނޫނޫގެ ދަށުން ލިބިފައިވާ އެއްވެސް ފަރާތަކަށް އިތުރަށް ކައުންސިލުތަށް މެދުވެރިކޮށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި ދަރުސް އިންތިޒާމު ކުރާފަރާތަކުން އެކައުން ސިލަކަށް އެކަން އެންގުމުން ފުދޭނެ ކަމަށެވެ.

" ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރމުގެ ގާނޫނުގެ ދަށުން ވައުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ކޮންމެ ބޭފުޅަކަށް ރާއްޖޭގެ ކޮންމެ މިސްކިތެއްގައި ވެސް ދަރުސް ދެވޭނެ. އެބޭފޫލަކު އިތުރު ހުއްދަ އެއް ނަގާކަށް ނުޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެތެރޭގައި މިސްކިތްތައް ސިޓީ ކައުން ސިލާއި ހަވަލާކޮށްފައިވާ ގޮތަށް އެބޭފުޅުން ކަންކަން ނިންމަވަމުން ގެންދަވާ ކަމަށާއި އެއެއްބަސްވުމުގައި ބުނެފައި ވަނީ ހުއްދަ ނެތް ފަރާތަކުން މިސްކިތަތަކުގައި ދީނީ ނަސޭހަތް ދޭނަމަ އެކަން ބަލައި ހުއްޓުވުން ކަމަށެވެ.
"ސިޓީކައުން ސިލުން އިސްލާމިކު މިނސްޓްރީއާއި ދެމެދު ވެފައިވަ އެއްބަސްވުމުގައި ލިޔެފައި އެބައޮތް ހުއްދަ ނެތް ފަރާތެއް މިސްކިތުގައި އެފަދަ ކަމެއް ކުރާނަމަ އެފަދަ ކަމެއް ބަލާ ހުއްޓުވުން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މިސްކިތްތަކުގައި ދަރުސް ދިނުން ފަދަ ކަންކަން އެހެން ފަރާތަކުން ބަލާގޮތަށް ހަވާލުކުރެވުމަކީ ވަރަށް ދަށު ދަރަޖައިގެ ގޮތުން އޭރުކުރައްވަ ފައިވާ ކަންކަން ކަމަށް ގަބޫލް ކުރެވޭ ކަމަށާއި އެފަދަ ސިޔާސަތުތަކަށް އަލުން ބަދަލުގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިސްކިތްތަކުގައި ދަރުސް ދެއްވަންޖެހޭނީ މިސްކިތްތައް ބަލަހައްޓާ ފަރާތް ކަމަށްވާ ސިޓީ ކައުންސިލުން ދޫކުރާ ފޯމެއް ފުރައި އެކަމަށް ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން އޮތް ނަމަވެސް ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެ ހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސް ބާއްވަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައިވަނީ ހުއްދައާ ނުލައި މިސްކިތްތަކުގައި ދަރުސްތައް ކުރިޔަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލިދާނެ ކަމަކަށްވާތީ ސިޓީ ކައުންސިލުގެ ހުއްދަ ނުހޯދާ މިސްކިތްތަކުގައި ދަރުސްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މާލޭހިޔާ ހުންނަ ކޮށީގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވަ މިސްކިތުގައި އިލްޔާސް ފުރުގާނު މިސްކިތުގައި ދަރުސް ދެއްވަނިކޮށް ބަޔަކު ވަނީ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފަ އެވެ. އަދި އެކަން ހަމައަކަށް އަޅުވާފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ.

ފުރުގާނު މިސްކިތުގައި އިލްޔާސް ދަރުސެއް ދެއްވި އިރު ހަމަނުޖެހުންހިންގަން ބަޔކު މަސައްކަތް ކުރިއިރު އައްޑު އަތޮޅުގެ މިސްކިތެއްގައި އޭނާ ދަރުސެއް ދެވަން އެދުމުން މިސްކިތުގެ ހުރުމަތް ކެނޑޭނެ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުއްދަ ނުދީފަ އެވެ.