12 Nov 2023, 14:24
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސެއިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު މާނިއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި ނަމަވެސް، އެގޮތަށް ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
މާނިއުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށައަޅުއްވާފައިވާކަން މާނިއު ވަނީ 'ސަން'އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މާނިއު ޖޭއެސްސީގައި ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް މާނިއު އައްޔަން ކުރީ ޖުލައި 31، 2019ގައެވެ. އޭނާ އެ މަގާމަަށް އިންތިޚާބުވީ 199 މެންބަރުންގެ ވޯޓާއެކުގައެވެ.