19 May 2012, 22:24
ޕީޕީއެމްގެ މީޑިޔާ ކޯޑިނޭޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ޕީޕީއެމް އިން މިރޭ ބުނީ އެ މަގާމަށް ހަމަޖެއްސީ ކުރިން، ކުރިން ވެސް އެ ޕާޓީގެ މީޑިއާއާ ކަންކަމާ ބެހޭ ވައިސް ޗެއާމަންކަމުގެ މަގާމުގައި ހުންނެވި އަބުދުﷲ ޝިނާނު ކަމަށެވެ.
އެ ޕާޓީ އިން ބުނީ ޝިނާނު އެ މަގާމަށް ހަމަޖެއްސީ އެ ޕާޓީ ކައުން ސިލްގެ ބައްދަލުވުމެއްގައި ކަމަށެވެ.
ޝިނާނަކީ އެ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ މީޑިޔާކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެއްް ކަމަށް ޕީޕީއެެމުން ބުންޏެވެ.