12 Nov 2023, 08:49
ހިންދީ ސިނަމާއަށް ރީތި ފިލްމުތަކެއް އުފައްދައިދީފައިވާ ޕްރޮޑިއުސަރު ބޮނީ ކަޕޫރު, ކަރަން ޖޯހަރު އަދި އަދިތުޔަ ޗޯޕްރާ ފަދަ ޕްރޮޑިއުސަރުންނާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ތަޖުރިބާކާރު ޕްރޮޑޮއުސަރު/ޑައިރެކްޓަރު ބުނެފިއެވެ.
ނަމަވެސް އެހެން ޕްރޮޑިއުސަރުންނާ އެކު މަސައްކަތް ކުރެވޭނީ ބޮނީގެ މަސައްކަތަށާއި ޚިޔާލަށް އެ މީސް މީހުންގެ ނުފޯޒު ނުފޯރުވާނަމަ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ބޮނީ ކަޕޫރުގެ ޢާއިލާ
ކަންނާޑާ، ތަމަޅަ، މަލަޔާލަމް އަދި ހިންދީ ފިލްމުތަކުގެ ގިނަ ރިމޭކްތައް އުފައްދާފައިވާ ކުޅަދާނަ ޕްރޮޑިއުސަރު ބުނެފައި ވަނީ، މިހާތަނަށް އުފެއްދި ގިނަ ރިމޭކް ފިލްމުތަކަކީ ވެސް މާބޮޑު ބަދަލެއް ނުގެނެސް އުފައްދާފައިވާ ރިމޭކްތައް ކަމުގައެވެ.
އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެހެން މީހުންގެ ނުފޫޒު އެ ފިލްމުތަކަށް ނުފޯރުވާ މާބޮޑު ބަދަލެއް ނުގެނެސް ފިލްމު އުފެއްދުން ކަމަށް ބޮނީ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރު، އަދިތުޔަ ޗޯޕްރާ އަދި ސޫރަޖް ބަރްޖަތިޔާ ފަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރަން ވިސްނާލާއިރު އެއިން ކޮންމެ ފަރާތެއްވެސް ފިލްމު އުފައްދަނީ އެ މީހެއްގެ އަމިއްލަ ފިލްމު ކުންފުންޏަށް ކަމަށް ބޮނީ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބޮނީގެ މަސައްކަތް ކުރުމުގެ ވަށްޓަފާޅި ވަރަށް ތަފާތު ކަމަށާއި މަސައްކަތް ކުރަނީ ފިލްމުގެ ފުރަތަމަ ފްރޭމުން ފެށިގެން އެންމެ ފަހު ފްރޭމާ ހަމައަށް ބޮނީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޕްރޮޖެކްޓްތަކުގައި ކަމަށް ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ.
ބޮނީ ޕްރޮޑިއުސްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ހަމް ޕަންޗް" ،"ވޯ ސާތު ދިން"، "ސިރްފް ތުމް" އަދި ދަރިފުޅު ޖާންވީ ކަޕޫރުގެ ފިލްމު "މިލީ" ހިމެނެއެވެ. މި ހުރިހާ ފިލްމު ތަކަކީވެސް ސައުތު ސިނަމާގެ ރިމޭކް ފިލްމުތަކެކެވެ.

ބޮނީ ކަޕޫރު އަންހެނުން ސްރީ ދޭވީ އަދި ދެ ކުދިންނާއެކު
ކުރީގެ ބަތަލާ ސްރީ ދޭވީގެ ފިރިމީހާ ބޮނީގެ ކުރިއަށް އޮތް ޕްރޮޑަކްޝަނަކީ އަޖޭ ދޭވްގަންގެ ސްޕޯޓްސް ބައޮޕިކް ފިލްމު "މައިދާން" އެވެ. މި ފިލްމުގައި އަޖޭ ފެނިގެންދާނީ އިންޑިއާގެ ފުޓްބޯޅައިގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު މަޝްހޫރުވެފައިވާ ލެޖެންޑަރީ ކޯޗު ސައީދު އަބްދުއްރަހީމްގެ ރޯލުންނެވެ.
އަޖޭއާއެކު ފިލްމުން ފެންނާނެ މުހިއްމު ފިލްމީ ތަރިންގެތެރޭ ޕްރިޔާމަނީ، ގަޖްރާޖް ރާއޯ އަދި ބެންގާލީ އެކްޓަރު ރުދްރަނިލް ގޯޝް ހިމެނެ އެވެ. ފިލްމު ރިލީޒް ކުރާނެ ރަސްމީ ތާރީހެއް އަދި ނުލިބެއެވެ.