14:30


ހއ. ތުރާކުނު ކައުންސިލަރުގެ މަގާމަށާއި އެ އަތޮޅު އުތީމު ކައުންސިލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ތުރާކުނު ކައުންސިލަރުގެ މަގާމަށް އައްޔަން ކުރެއްވީ ތުރާކުނު ދިލްކުޝާގޭ އަލީ އައްބާސް ކަމަށާއި އުތީމު ކައުންސިލަރުގެ މަގާމަށް އައްޔަން ކުރެއްވީ، ހއ. ދިއްދޫ އާލަމް އަހުމަދު ރިލުވާނު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.