ރާއްޖޭގެ އިކޮނޮމިކް ޒޯންގެ ތެރޭގައި ގަވާއިދާ ޙިލާފަށް މަސްވެރިކަން ކުރުމުން ހައްޔަރުކުރި އިންޑިޔާގެ ތަމިލް ނާޑޫގެ މަސްވެރިން މިއަދު ދޫކޮށްލައިފިއެވެ.

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް މި މަސްވެރި އުޅަނދު އެމްއެންޑީއެފް ކޯސްޓްގާޑުން ހިފެހެއްޓީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ 12 މަސްވެރިންނެވެ.

ރާއްޖެއިން މިއަދު ވަނީ އިންޑިޔާގެ މަސްވެރިން ދޫކޮށްލައި އެ މީހުން އެ ގައުމަށް ފޮނުވައިލާފައެެވެ. މީގެއިތުރުން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ސުލްހަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ގައުމުގެ މަސްވެރި އުޅަނދު ޖޫރިމަނާކޮށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަންގާފައި ވަނީ ނޯޓިސް ލިބުނުތާ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ. އަދި ޖޫރިމަނާ ނުދައްކާނަމަ ދިވެހި ފުލުހުން އެ މަސްވެރިން ހިފަހައްޓާނެކަމަށެވެ.

ރާއްޖެއިން ހިފެހެއްޓި ތަމިލް ނާޑޫގެ މި މަސްވެރިން ދޫކޮށްލުމަށް އެ ސިޓީގެ ސްޓޭޓް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ގޮވާލިއެވެ. މި ގޮވާލުން ގޮވާލިތާ ހަތަރު ދުވަސް ފަހުން އިންޑިޔާގެ މަސްވެރިން މި ވަނީ މިނިވަންކޮށްދީފިއެވެ.